
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއަޕާސަންކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، އަލްފާޟިލާ ނަޝްވާ އަބްދުﷲ މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުން މިއަދު އެކްސްގައި ބުނީ ނަޝްވާ ޗެއާޕާސަންގެ މަގާމުގެ އިތުރުން އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުންވެސް ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ. ރޯސްއައިލެންޑް، އަލްފާޟިލާ ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) February 26, 2026
ނަޝްވާ އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރީ 2024ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް ހިދުމަތް ކުރެއްވި ނަޝްވާ މީގެ ކުރިން އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުވެސް ފުރައްވާފައި ވެއެވެ.
އެފްޑީސީގެ ބޯޑު އެކުލެވިގެންވަނީ ހަ ބޭފުޅުންގެ މައްޗަށެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































