އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ މައުރަޒު ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23އިން 31އަށެވެެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް މިއަދުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

އެ މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެކެވެ.

މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މަރުކަޒުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ރަށްރަށާއި، ސިޓީތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާއިން ބައިވެރިވެވޭ ގޮތަށް ހުޅުވާލިއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ މައުރަޒުގައި ބައިވެރިވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ އިތުރުން އެކި ފަރާތްތަކުގެ އުފެއްދުންތައް ދައްކާލެވޭ ގޮތަށް ގިނަ އެކްސްޕޯތަކެއް ދޭތެރެ ދޭތެރެއިން ހުޅުމާލޭގައި ދަނީ ބާއްވަމުންނެވެ.

Leave a Reply