
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މިއަދު މަރުވެއްޖެއެވެ.
އާޝާގެ ހާލު ދެރަވެގެން މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ. އުމުރުން 92 އަހަރުގައި އޭނާ މަރުވެފައިވަނީ އެކި ގުނަވަންތައް ފެއިލްވެގެން ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ބޮލީވުޑްގައި ޕްލޭބެލް ސިންގަރެއްގެ ގޮތުގައި އާޝާ ހަރަކާތްތެރިވާން ފެށީ 1950ގެ އަހަރުތަކުން ފެށިގެންނެވެ. ގާތްގަނޑަކަށް 12،500 ލަވަ އޭނާގެ އަޑުން ރެކޯޑުކޮށްފައިވެއެވެ.
މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އާޝާއަށް އިންޑިއާއިން ދެވަނައަށް ދޭ އެންމެ މަތީ އެވޯޑު ޕަދްމަ ވިބޫޝަން އެވޯޑުވެސް ވަނީ ލިބިފައެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































