މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނެގުނު ރިފަރެންޑަމްގެ ހުރިހާ މަޢުލޫމާތެއް އެއް ތަނަކުން ވަގުތުން ފޯރުކޮށްދިނުމުގައި ‘ނިންމުން 2026’ (nimmun.com) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ކްރިއޭޓިވް ނެޓްވޯކާއި ދެން މީޑިއާއާ ގުޅިގެން ފަރުމާކޮށް ހިންގަމުން އަންނަ މި ޕްލެޓްފޯމަކީ، 2026 ވަނަ އަހަރުގެ އިންތިޚާބުތަކަށް ޚާއްސަކޮށްގެން ދިވެހި ރައްޔިތުންނަށް އިތުބާރު ހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބިނާކުރި ވަސީލަތެކެވެ.

ވޯޓުލާ މީހުންނަށް ފަސޭހަ ޕްލެޓްފޯމެއް

އިންތިޚާބުގެ ދުވަސްތަކެއް ކުރިން ފެށިގެން، ‘ނިންމުން 2026’ ބޭނުންކޮށްގެން ކޮންމެ ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތަފްސީލީ މައުލޫމާތު ބަލާލުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. އަތޮޅުތަކާއި، ރަށްރަށާއި، ސިޓީތަކުގެ ކެންޑިޑޭޓުންގެ ޕްރޮފައިލްތައް ފަސޭހައިން ސާޗްކޮށް، ފިލްޓަރު ކުރެވޭ ގޮތަށް ހުރުމަކީ ވޯޓުލާ މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

ވަގުތުން ނަތީޖާ: އިންތިޚާބީ ރޭގެ އެންމެ ހޫނު ޚަބަރު

4 އެޕްރީލްގެ ރޭ، އިންތިޚާބުގެ ވޯޓު ގުނަން ފެށުމާއެކު މި ވެބްސައިޓް ބަދަލުވެގެން ދިޔައީ ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ‘ލައިވް ރިސަލްޓްސް’ ޑޭޝްބޯޑަށެވެ. މި ވެބްސައިޓުން ކޮންމެ ދާއިރާއެއްގެ ނަތީޖާ ނުކުންނަމުން ދިޔަ ވަރަކަށް، ކޮންމެ ސިކުންތަކު އަމިއްލައަށް އަޕްޑޭޓްވާ ގޮތަށް މި ޕްލެޓްފޯމް ފަރުމާކޮށްފައިވެއެވެ.

މި ޑޭޝްބޯޑުގެ މުހިންމު ބައިތައް:

  • ކޮންމެ ދާއިރާއަކުން ލިބުނު ވޯޓުގެ އަދަދާއި ޕަސެންޓް ވަގުތުން ފެނުން.

    • ވަކިވަކި އަތޮޅުތަކާއި ރަށްތަކުގެ ނަތީޖާ ވަގުތުން ބަލާލެވުން
  • ތިން އިންތިޚާބުގެ ނަތީޖާ ވަކިވަކިން ބަލާލެވޭނެ އިންތިޒާމް.

  • ވޯޓުލީ ނިސްބަތާއި، ޗެކްކުރެވުނު ޝީޓްތަކުގެ އަދަދު ވަގުތުން އެނގުން.

  • މޮބައިލް ފޯނުތަކަށް ފަސޭހަ، ޒަމާނީ ‘ޑާކް ތީމް’ ފަރުމާއެއް.

ކުރިމަގަށް އޮތް ތަސައްވުރު

މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހެދި ‘ނިންމުން 2023’ އަށްފަހު، މި ސިސްޓަމް ބޭނުންކުރި ދެވަނަ ފަހަރެވެ. ދެން މީޑިއާގެ އަމާޒަކީ ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް މި ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް، ދިވެހި ރައްޔިތުންނަށް އެންމެ އަވަސް އަދި ސައްހަ މަޢުލޫމާތު ފޯރުކޮށްދޭ އިތުބާރު ހުރި ވަސީލަތެއްގެ ގޮތުގައި މި ޕްލެޓްފޯމް ދެމެހެއްޓުމެވެ.

މިހާރުވެސް nimmun.com އަށް ޒިޔާރަތްކޮށް، އެޕްރީލް 4 ގެ އިންތިޚާބުގެ ފުރިހަމަ ނަތީޖާ ބަލާލެވޭނެއެވެ.

Leave a Reply