
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުން ސަރުކާރާ ދެކޮޅަށް ވޯޓުދީ، އިދިކޮޅު އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ “އެކްސް” ގައި އާންމުކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބޮޑެތި ސިޓީތަކާއި އަތޮޅުތަކުގެ ގިނަ ރަށްރަށުން ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ހަމައެއާ އެކު، ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައްޔިތުން ސާފުކޮށް ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Miadhu negi vote gai MDP mi vanee varah bodu thanun sarukaaru balikoh kaamiyaab hoadhaafa. Hurihaa city eh, gina rahrasheh, adhi fenna nufenna vote gai bodu thanun sarukaarah noonekey bunefi. Vote dhehvi hurihaa beyfulhunnah adhi vaadhaverinnah varah bodah marhaba.
— Mohamed Nasheed (@MohamedNasheed) April 4, 2026
މި އިންތިޚާބުގައި ވޯޓުލީ އެންމެހާ ފަރާތްތަކަށާއި ވާދަވެރި ކެންޑިޑޭޓުންނަށް އެމަނިކުފާނު ވަނީ މަރުޙަބާ ދަންނަވާފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވޯޓު ފޮށިތަކުގެ ބޮޑު ބައެއް ގުނައި ނިމިފައިވާއިރު، މޭޔަރުކަމުގެ ރޭހުގައިވެސް އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންކަން ފާހަގަކުރެވެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































