
އިއްޔެ ކުރިއަށްދިޔަ އިންތިޚާބުގެ ވޯޓުން ލިބުނު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ތާއީދާއި އިތުބާރަކީ ހަގީގީ ކާމިޔާބީ ކަމުގައި ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކެންޑިޑޭޓް އާއިޝަތު އަލައިކާ ހާމަކޮށްފިއެވެ.
ނަތީޖާ ގަބޫލުކުރައްވައި، ‘އެކްސް’ ގައި އަލައިކާ އާންމުކުރެއްވި ޕޯސްޓެއްގައި ބުނީ، މަގާމު ނުލިބުނު ކަމުގައިވިޔަސް، ކެމްޕޭން ދަތުރުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ލޯތްބާއި ޔަގީންކަމަކީ ދާއިމަށް ދެމިގެންދާނެ އަގުހުރި ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ސިޔާސީ މައިދާނަށް ނުކުތީ ހަމައެކަނި ވަކި މަގާމެއް ހާސިލުކުރުމުގެ ބޭނުމުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާގެ އަމާޒަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމެވެ. އަދި އެއީ ވަކި ބަޔަކަށް ދެވޭ އިނާޔަތެއްގެ ބަދަލުގައި ކޮންމެ ފަރުދަކަށްމެ ލިބެންޖެހޭ އަސާސީ ހައްގެއްކަން އޭނާ ފާހަގަކުރިއެވެ.
While I may not have secured the seat, I leave this journey with something far more profound and enduring, the trust, love, and confidence of so many people. This, in itself, is a victory of the highest order, one I carry with deep gratitude and humility. To me, it is a VICTORY… pic.twitter.com/uZVbIZ7W4u
— Ashiyath Alaika Adhnan (@AlaikaAyesh) April 4, 2026
އިންތިޚާބުގެ ތެރޭގައި ދިމާވި ހުރަސްތަކަށް އިޝާރާތްކުރަމުން ބައެއް ފަރާތްތަކުގެ ކެހިވެރިކަމާއި، އޭނާގެ މަގުސަދު އޮޅޭގޮތަށް ދެކެވުނު ވާހަކަތަކުގެ ސަބަބުން މާޔޫސްކަމާ ކުރިމަތިވިކަމަށް އަލައިކާ ބުންޏެވެ. އެހެންނަމަވެސް، އަމިއްލަ އުސޫލުތަކުގައި ސާބިތުވެ ހުރިކަމަށާއި، މި ނާކާމިޔާބީއަކީ ގައުމީ ޚިދުމަތުގައި އިތުރު ހިތްވަރަކާ އެކު ކުރިއަށް ދިއުމަށް ލިބުނު އައު ފެށުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
މި އިންތިޚާބުގައި އަލައިކާއާ ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާއިޝަތު ރީޝާއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































