އެހެން ރޯދަ މަސްތަކެކޭ އެއްފަދައިން މި އަހަރުވެސް މައުމޫން ފައުންޑޭޝަންއިން އިހުޔާގެ ސިލްސިލާ ޖަލްސާތަކެއް ބާއްވަން ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަންއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ރޯދަމަހު ޖަލްސާތައް ބާއްވާނީ މި މަހުގެ 24 އަދި އަންނަ މަހުގެ ތިން ވަނަ ދުވަހާއި 10 ދުވަހުގެ އިތުރުން 17 ވަނަ ދުވަހު ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ އެ ޖަލްސާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ދީނީ އިލްމުވެރިން ވާހަކަ ދައްކަވާނެ ކަމަށް ވެސް މައުމޫން ފައުންޑޭޝަންއިން އިން ބުންޏެވެ

ރޭގަނޑު 10ޖަހާއިރު ބާއްވާ އެ ޖަލްސާތަކުގައި ބައިވެރިވުމަށް އެ ފައުންޑޭޝަންއިން ވަނީ އެދިފަ އެވެ.

މި ރޯދަ މަހު  އަތޮޅު އިހުޔާ ފޯރަމް 10ރަށެއްގައި ވެސް އިސްލާމިކް މިނިސްޓްރީން ބާއްވަން ވަނީ ނިންމައިފަ އެވެ.

Leave a Reply