މިދިޔަ ބުރާސްފަތި ދުވަހު ފ. ފީއަލީގައި ބަނދަރުކޮށްފައި އޮތް ތެޔޮ އުފުލާ ބޯޓެއްގައި ރޯވި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި  އަލިފާންގަނޑު ކޮންޓްރޯލުން ނައްޓައި، އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓަކަށާއި އިތުރު ތިން ދޯންޏަކަށް ފެތުރި އަނދާ ހުލިވިއެވެ.

އެހެންވެ ލިބުނު ގެއްލުނުތައް ބަލަން ފިޝަރީޒް މިނިސްޓްރީގެ ވަފުދު ކުރި ދަތުރުތައި މިއަދު ވަނީ ފީއަލީގެ ކައުންސިލްއާ ވެސް ބައްދަލުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން  ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން  ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ. އެހެންވެ އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ.

ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވި ސަބަބު އަދި ސާފެއް ނުވެއެވެ. އެ އަލިފާނުގެ ހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގުވެސް ކުރަމުންނެވެ.

Leave a Reply