
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިހުތިރާމް އަދާކުރައްވާފައެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސްގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































