
މި މަހުގެ 19ވަނަ ދުވަހު ރަހީނުކުރި ބިދޭސީ މީހާ ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް، 2026ފެބްރުއަރީ 19ވަނަ ދުވަހުގެ ރޭ ދަންވަރު 01:22އެހައިކަންހާއިރު، ބިދޭސީއަކު ރަހީނުު ކުރިކަމަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައި ހުރި މީހާ ވަނީ އެރޭ 02:29އެހައިކަންހާއިރު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މީހާއަށް ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެ ގޮތުން މި މައްސަލައިގައި ހައްޔަރުކުރި ބަނގްލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިޤުބާލް މިއާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































