ނިމުނު ޑިސެންބަރުމަހުގެ 31ވަނަ ދުވަހުގެރޭ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުންދިޔަ މަޝްހޫރު ފަންނާނު އަހުމަދު ނިމާލް ، މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

ނިމާލް ނިޔާވިކަން އޭނާގެ އަންހެނުން ފާތިމަތު ރަމީޒާގެ ކޮއްކޮ ޢަލީ ރަމީޒު ދެންމެ ވަނީ މީސްމީޑިއާގައި ހާމަކޮށްފައެވެ.

ޢުމުރުން 64އަހަރުގެ ނިމާލްއަށް ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އޭނާއަށް ފަހުން ފަރުވާ ދިނީ އައިޖީއެމްއެޗްގައެވެ. އެ ހޮސްޕިޓަލްގައި އޭނާގެ ސަރޖަރީއެއް ވެސް ވަނީކޮށްފައެވެ.

Leave a Reply