
ހުރިހާ ލިޔެކިޔުންތަކެއް ހުށަނާޅައި ކުރިން ބޭނުންކުރި އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓްރީކޮށްދޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
މީގެ ކުރިން އޮންނަ ގަވައިދުގައި އޮންނަ ގޮތުން އާ ވެހިކަލްއެއް ރަޖިސްޓްރީކޮށްދޭނީ ވެހުިކަލް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ވެހިކަލް ބޭއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔުން ވެސް ހިމެނެއެވެ.
ނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ގަވައިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި އިސްލާހުގައި ބުނީ ކުރިން ލިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް ި ދެން އެ ލިޔުންތަކާ ނުލައި އާ އުޅަނދެއް ރަޖިސްޓަރ ކޮށްދެވިދާނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ރަޖިސްޓްރީކޮށްދޭނީ ވިޔަފާރިއަކުން ބޭނުންކުރަމުން އަންނަ އުޅަނދު ނައްތައިލުމަށްފަހ،ު ނައްތައިލެވޭ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓްރީ ކުރަން ބޭނުންވާ
ހާލަތުގައި ކަމަށެވެ.
ނަމަވެސް އެެއީ ވަކި ޝަރުތުތަކަކާ އެކު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.
އެގޮތުން އުޅަނދު ނައްތައިލިކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި ނައްތައިލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދަކަށް ވުމާއ،ި އުޅަނދު ނައްތައިލުމާ ހަމަޔަށް
ބޭނުންކުރަމުން އައިސްފައިވާ އުޅަނދެއް ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ނައްތައިލެވޭ އުޅަނދަކީ ފާއިތުވެދިޔަ ފަސް އަހަރު އެ އުޅަނދުގެ އަހަރީ ފީ ގަވާއިދުން ދައްކަމުން ގޮސްފައިވާ އުޅަނދެއް ކަމުގައިގައިވެސް ވާން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
އެ އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































