
މިހާރު ކުރިއަށްދާ އިންތިހާބުތަކުގެ ވޯޓުލުން ހަވީރު 5:00 އަށް އިތުރު ކޮށްފިއެވެ.
ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ލާން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ.
ހަވީރު 4:00 އަށް ކިޔޫ ބަންދުކުރަން އޮތް ނަމަވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ދެންމެ ބުނީ 5:00 އާ ހަމައަށް ކިޔޫގައި ޖެހެވޭނެ ކަމަށެވެ.
އެގޮތަށް ބަދަލުކުރީ އީސީން ބުނި ގޮތުގައި، ހޫނުގަދަވެ، ކިޔޫ ދިގުވެ، ގިނަ ބަޔަކަށް ވޯޓުލާން ދަތިވެފައިވާތީއެވެ.
އީސީއިން އާންމުކޮށްފައިވާ ގޮތުގައި މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލާފައި ވަނީ 55.25 ޕަސެންޓް މީހުންނެވެ. އެއީ 131،947 މީހުންނެވެ. މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓު ލެވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































