ފުލުހަކު ޑަސްބިން ކޮތަޅުތަކެއްގައި ވަގަށް ސިނގިރޭޓު ކާޓޫން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެރެން އުޅެނިކޮށް ފަހައްޓައިފި އެވެ.

މީގެ ތަފްސީލުތަކެއް ހާމަނުކޮށް ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ ވެއެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު ފެނިގެނެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޑަސްބިން ބޭގުން ފެނުނު ކާޓޫނުގެ އަދަދެއް ކަސްޓަމްސްއަކުން ނުބުނެ އެވެ. ކަސްޓަމްސްއިން ނުބުނި ނަމަވެސް އެ ތަކެތި ނެރެން އުޅުނީ ފުލުހަކު ކަން ދެން އޮންލައިންއަށް ވަނީ އެނގިފަ އެވެ.

Leave a Reply