
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000ރ.ބަހައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި އަހަރު ކަމަށެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައު، ޒަކާތް ހައްގުވާ ކެޓެގަރީތަކުގެ ދަށުން ހިމެނުނު 62ފަގީރު ޔަތީމުންވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 14މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަންވެސް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ. އެ ފައިސާގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13.8މިލިއަން ރުފިޔާއެވެ.
މިއަހަރު 7އޮންލައިން ޕޯޓަލްއަކުން ފިތުރު ޒަކާތް ބަލައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































