ވިލިމާލެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑު އައްސަވާ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް އިޢުލާންކުރެއްވި، އިޢުލާންކުރެއްވުމާ އެއްގޮތްވާ ގަޮތުގެމަތިން ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.

އެގޮތުން މާދަމާ ރޭ 20:30ގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން، މުޙްޔިއްދީން ސްކޫލުގައި އޮންނާނެކަމަށާއި ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ދަޢުވަތު އަރުވާކަމަށް ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.

Leave a Reply