ނޮވެމްބަރު 3ގައި ސާބިތުކޮށްދިނީ ޖާނާއި ލެއިން ޤުރުބާންވާނެ ދަރިންތަކެއް މި ފަސްގަނޑުގައި ތިބޭނެކަންކަމަށް ރައީސްލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން އެކަމަނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނޮވެމްބަރު 3ގައި ސާބިތުކޮށްދިނީ ދިވެހީންގެ ހިތުގައި ދީނަށާއި ޤައުމަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށާއި ދިވެހިންގެ ކެރުމާއި ހިތްވަރުގަދަކަން ކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި އަބަދުވެސް ޖާނާއި ލެއިން ޤުރުބާންވާނެ ދަރިންތަކެއް ތިބޭނެކަމަށާއި ދިވެހިންނަކީ އީމާންތެރި އެއްބައިވަންތަ ބައެއްކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ

ފޯސްޓް ނިންމަވާލައްވަމުން މެޑަމް ސާޖިދާ ވަނީ ދިވެހި ފަސްގަނޑަށް ތާއަބަދުމެ ނަޞްރާއި ނަޞީބު، ފާގަތިކަމާއި ހަމަޖެހުން ލެހެއްޓެވުން އެދި ދުޢާކުރައްވައިފައެވެ.

ނަޞްރުގެ ދުވަހަކީ 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ދެވުނު ޢުދުވާނީ ހަމަލާގައި ޢަދާވާތްތެރިންގެ މައްޗަށް ދިވެހިން ދެއްކި ހިތްވަރާއި އެ ދުވަހު ލިބުނު ކާމިޔާބީ ފާހަގަކުރާ ދުވަހެވެ.

Leave a Reply