އިސްލާމިކް ފައިނޭންސިންގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން 35 ސްކޮލާޝިފަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

އިސްލާމިކް ފައިނޭންސިންގެ ދާއިރާއަށް ހޭލުންތެރިކުރުވައި އެ ދާއިރާއިން މީހުން ތަމްރީނުކުރަން ހާއްސަކޮށް “އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް” އިފުތިތާހުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

އެ އިނީޝިއޭޓިވްގެ ދަށުން މިހާރު ވަނީ “އެމްއެމްއޭ ތަމްވީލް ސްކޮލާޝިޕް 2025” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ސްކޮލާޝިޕްތަކަށް ހުޅުވާލީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީއައިއެފް) އާއި ޔުނިވާސިޓީ އިސްލާމިކް ސެލެންގޯ (ޔޫއައިއެސް) އާ ގުޅިގެންނެވެ.

ސްކޮލާޝިޕަށް ހުޅުވާލި ދާއިރާތައް

  • އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އިންސީއައިއެފްގައި) – އެމްއެމްއޭއިން ހުރިހާ ހަރަދެއް ކުރާ ގޮތަށް ދޭ ފަސް ފުުރުސަތާ އަދި 50 އިންސައްތަ ހަރަދު ކުރާ ގޮތަށް ދޭ ފަސް ފުރުސަތު
  • މައިކްރޯ ސެޓްފިކޭޝަން ފްރޮމް އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އިންސީއައިއެފްގައި) – ފަސް ފުރުސަތު
  • ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ޔޫއައިއެސްގައި) – 20 ފުރުސަތު

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމުކޮށްފައިވާ އިންސީއައިއެފްއަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމު ފޯރުކޮށްދިނުމާއި ދިރާސާކުރަން ދުނިޔޭގެ ނިސްބަތުން ފާހަގަކުރެވޭ މުއައްސަސާއެއް ކަމުގަ އެވެ.

ޔޫއައިއެސްއަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު ޔުނިވާސިޓީއެއްކަން ވެސް ފާހަަގަކޮށްފައިވެ އެވެ.

Leave a Reply