90ގެ އަހަރުތަކުގައި މަޝްހޫރު ފިލްމީތަރި ، ޢަބްދުއްރަޙްމާން (އަދުރޭ)އަށް ހާޓްއެޓޭކެއް ޖެހި އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

އަދުރޭގެ ދަރިފުޅު، ޝާއިލް “ދެން”އަށް މައުލޫމާތު ދެމުން ބުނީ ބައްޕަ މިހާރު މަސައްކަތް ކުރަމުންދަނީ ރެޑިސަން ބްލޫ ރިސޯޓްގައި ކަމަށާއި އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު އެ ރިސޯޓްގައި އުޅެނިކޮށް ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލަށް ، ފުރަތަމަ ގެނެސް ، މިހާރު އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުންދާކަމަށް އޭނާ ބުންޏެވެ.

58އަަހަރުގެ އަދުރޭއަކީ 90ގެ އަހަރުތަކުގައި ވަރަށް ގިނަ ފިލްމުތަކާއި ލަވަތައް ކުޅެފައިވާ ފަންނާނެކެވެ.

Leave a Reply