ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓުން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ބޮޑުތަނުން ކުޑަކޮށް، ގެނައި ބަދަލުތައް ޢާންމުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ މި ތަފްޞީލުތައް ހާމަކޮށްފައެވެ.

މިގޮތުން ގެނެވިފައިވާ ބަދަލުތަކަކީ:

  • 3 ކޮޓަރި ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު މަހު ކުއްޔަކީ: 10،000ރ. (ކުރިން މަހު ކުއްޔަކީ: 11،500ރ.)
  • 3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 8،500ރ: (ކުުރިން އެއީ 25،000ރ)
  • 2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު މަހު ކުއްޔަކީ: 7000ރ. (ކުރިން މަހު ކުލި: 8،000ރ.)
  •  2 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 6،000ރ. (ކުުރިން އެއީ 15،000ރ.)

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފްލެޓްތަކުގެ ކުއްޔާއި ޑިޕޮސިޓް ވެސް ކުޑަކުރައްވާނެ ކަމަށް އިޢުލާންކުރައްވައިފައިއެވެ.

Leave a Reply