
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފުލެޓުގެ ހުރިހާ ޓަވަރުތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން އެކްސްފައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އަމާން ދޯދި އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ޓެސްޓުކުރުމާއި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ވެސް ހަރުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ ބެނެފައިވެއެވެ.
#Team MWSC has successfully completed the installation, testing, and commissioning of the water and sewerage connections, as well as the water boosting system, across all towers of #AmaanDhoadhi and #AmaanUdhares — a 4,000-unit social housing project.
With this milestone, water… pic.twitter.com/FvW7xIQgJR
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 2, 2026
ފަހި ދިރިއުޅުން ފުލެޓުތަކުގެ ނިމިފައިވާ އެޕާޓުމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތްތައް ނިންމާ، ފުލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ތަޅުދަނޑި ހަވާލުކުރެވިފައިވާ ބައެއް ފަރާތްތަކުން ވަނީ ފްލެޓުގައި ދިރިއުޅެން ފަށައިފައެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































