
2007 ގެ ފަހުގެ ޖީލަށް ދުންފަތް މަނާކުރުން ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް “ޖެނެރޭޝަން ބޭން” ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅުގަ އެވެ.
އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާ ކުރުމަަށެވެ. އެހެންނަމަވެސް އެ ސިޔާސަތު އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހުގައި ކެބިނެޓުން ނިންމާފައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާ އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ އަޝްރަގެވެ.
ބިލު މިއަދު ޖަލްސާގައި ފާސްކޮށްފައި ވަނީ 63 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
ތަފްސީލު އަންނަނީ…











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































