14 ކިލޯގެ ޑްރަގާއެކު ފެނުނު މަރްޔަމް ޒީނާގެ ބަންދަށް އިތުރު އެއް މަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) މިދިޔަ މަހުގެ 21ވަނަ ދުވަހުގަ އެވެ. ދެ ފަހަރު މަތިން ބަންދު ޖަހައިގެން މިހާތަނަށް ވެސް ބަންދުގައި މަސް ދުވަސް ހޭދަކޮށްފައިވެ އެވެ.

ތިންވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.

އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބާވަތްތައް ވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގުނެވެ. އަމުރުގައި ބުނެފައިވާ ގޮތުން އެއީ 12.28 ކިލޯގެ މެތާއި 1.58 ކިލޯގެ ހެރޮއިނެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply