14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓިސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

އެ މަޝްރޫއުތައް ހަވާލުކުރި އަގެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ

  • ނ. ހެނބަދޫ، ނ. ހޮޅުދޫ، ގއ. ކަނޑުހުޅުދޫ، ދ. ބަނޑިދޫ، ނ. މާފަރު، ނ. މާޅެންދޫ އަދި ހއ. ވަށަފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  • ރ. އުނގޫފާރު ބަނދަރު ތަރައްގީކުރުން
  • ހއ. މުރައިދޫގެ ބަނދަރު ބޭރުތޮށި ތަރައްގީކުރުން
  • ހއ. އިހަވަންދޫގެ އާޓިފިޝަލް ބީޗު ތަރައްގީކުރުން
  • ރ. އަލިފުށީގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްުކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  • ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން
  • ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން
  • ގއ. ފަރެސް މާތޮޑާ މެގު ހެދުން(ދެވަނަ ފިޔަވަހި)

Leave a Reply