
އިސްރާއިލުން ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ މީހުންނާއެކު ތިބިކަން ހާމަކޮށް ސައިކަލު ބުރެއް މިއަދު ހަވީރު ބާއްވައިިފި އެވެ.
ދީނީ އިލްމުވެރިން އިސްނަގައިގެން އެ ސައިކަލު ބުރު ފެށީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ރަސްފަންނުއިން އެވެ.
އެ ސައިކަލު ބުރުގައި ފަލަސްތީނަށް ތާއިދުކޮށް ބެނާތަކާ އެއްޗެތި ހިފައިގެން ގިނަ ބަޔަކު ބައިވެރިވި އެވެ.
މީގެ ކުރިން ވެސް ޣައްޒާގެ ދިފާއުގައި އެއްވުންތައް ބާއްވާފައިވާ އިރު މިއަދު އެއްވުމެއް ބޭއްވީ ގިނަ ދުވަސްތަކަކަށް ފަހު އެވެ.
ނަމަވެސް އިސްރާއިލުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާ ދެމުންދާތާ މިހާރު ދެ އަހަރުވާން ވަނީ ކައިރިވެފަ އެވެ.
އަދި ތަނެއް ދޮރެއް ނުބަލައި ޣައްޒާއިން ވަނީ 50،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
މި ފަހަރު ފިތުރު ޒަކާތުން ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާއަށްވާ ކާބޯތަކެތި ސަރުކާރުން މިހާރު ވަނީ ޣައްޒާއަށް ފޮނުވައިފަ އެވެ.