ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގައި އާންމު މެމްބަރުގެ މަގާމު ތަމްސީލުކުރައްވާ މެމްބަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 ްައަހަރުބް މަތީގެ މުސްލިމު ދިވެހި ފިރިހެނަކު ކަމުގައި ވުން ހިމެނެ އެވެ.

އަދި ބޭރުގެ ރައްޔިތުކަން އޮންނަ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިތުރު ޝަރުތުތަކުގެ ތެެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ވެސް ހިމެނެ އެވެ.

ްޭއޭގެ އިތުރުން ބުއްދި ސަލާމަތުން ހުރުމާއެކު ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހަކަށް ވެސް ވާން ޖެހޭނެކަމަށް ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.

އެ މަގާމަަށް ކުރިމަތިލާ މީހުންގެ ތެރެއިން މަގާމަށް ހަމަަޖައްސާނީ މަޖިލީހުން ކަނޑައަޅާ ބޭފުޅެކެވެ. އެއީ ފަސް އަހަރަށެވެ.

Leave a Reply