ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އިންތިޚާބުކޮށްފިއެވެ.

މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ވަނީ އިންތިޚާބުކޮށްފައެވެ.

ސައްތާރު މި މަޤާމަށް އިންތިޚާބުކޮށްފައި ވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިއަދު އެ ކޮމިޓީން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްނީ އެ ކޮމިޓީން އިސްތިއުފާދެއްވީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް އޭނާ އިންތިޚާބު ކުރުމުންނެވެ. ކުރިން ސައްތާރު ހުންނެވީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގަ އެވެ.

އެހެންކަމުން، ޖުޑިޝަރީ ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިންތިޚާބުކޮށްފައެވެ.

ޖޭއެސްސީގެ މެމްބަރުކަމުގައި ކުރިން ހުންނެވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އެވެ. އެމަނިކުފާނު ވަނީ އެ ކޮމިޝަންގެ މެންބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން މަޖިލީހުން ވަނީ ހުސްނީ މުބާރިކް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރައްވާފަ އެވެ.

 

Leave a Reply