
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން
— Dr Mohamed Muizzu (@MMuizzu) December 10, 2025
ރާއްޖޭގެ ޒުވާނުގެ މެދުގައި ޖުވާ ކުޅޭ އެޕްލިކޭޝަންތަކުން ފައިސާ ހޯދުން ޢާންމުވެފައިވާއިރު، ރާއްޖޭގެ ބޭންކު ވެސް ވަނީ، އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން އެފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެދަފަ އެޕްލިކޭޝަންތައް ބްލޮކު ކުރުމަށް ނިންމާފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ. ހަމައެހެންމެ، ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ވެސް ޙަރާމް ކުރައްވާފައިވާ ޢަމަލެކެވެ.














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































