
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ރިޓަޔާކުރައްވަން ނިންމައިފިއެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން ރިޓަޔާ ކުރައްވަން ނިންމަވައި އޭގެ ސިޓީ ވެސް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭގެ ތަގްސީލެއް ސާފެއް ނުވެއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ޝުޖާއު ރިޓަޔާކުރެއްވުމާ ގުޅިގެން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަނުކުރީ މިދިޔަ ޖޫން މަހުއެވެ.
ނަވީން ރިޓަޔާކުރައްވަން ނިންމެވި އިރު ނަވީންއާ އެކު ޕޮލިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު އޮތީ ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994ޖުލައި 7ވަނަ ދުވަހުއެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 29އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ.
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































