ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަނުކޮށްފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނިސްރީން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

ޕްރައިވަޓައިޒޭން އެންޑް ކޯޕަރަޓައިޒޭޝަންއިން މިއަދު އެކްސްގައި ބުނީ އެ މަގާމަށް އަހުމަދު ޝަކީބު އައްޔަނުކޮށްފައިވާ ކަމަށެވެ.

ޝަކީބަކީ ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅައިދީފައިވާ ބޭފުޅެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިންޓަވިއުކުރައްވައި ރައީސް އޮފީހުން ގެނެސްދެމުންދާ “ރައްޔިތުންނާއެކު” ގެ ޕޮޑްކާސްޓުވެސް ހުށަހަޅުއްވަނީ ޝަކީބު އެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާގައިވެސް ޝަކީބު 35 އަހަރު ހިދުމަތް ކުރެއްވައި މިދިޔަ އަހަރު ޜިޓަޔާ ކުރެއްވި އިރު ހުންނެވީ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

Leave a Reply