މިދިޔަ މަހު ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުއާ، އެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ބައްދަލުކޮށް ސުވާލުކޮށްފި އެވެ.

ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮތްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައުދުއާ ބައްދަލުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ޔުމްނު ވެއްޓުނު ކަމަށް ރައުދު ލަފާކުރި، ހަމަނުޖެހުންތަކެއް ހިނގި!

ޔުމްނު ވެއްޓުނު މައްސަލާގައި އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި ރައުދު ބުނީ ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ ދެމެދު ހަމަނުޖެއް ހިނގި ކަމަށެވެ. އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައި ވަނީ ދާއިމީ ގެއްލުމެއް: އާއިލާ

އިމާރަތުން ވެއްޓިގެން ލިބިފައިވާ އަނިޔާތަކަށް ޔުމްނުއަށް މެލޭޝިޔާގައި ފަރުވާދެމުންދާއިރު އޭނާގެ އުޅަނބޮއްޓަށް ދާއިމީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އައިލާއިން އިއްޔެ ވަނީ ބުނެފަ އެވެ.

Leave a Reply