
ގިނަ ބައެއްގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޓިކްޓޮކްގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ބޭފުޅުންނާ ބައްދަލުކޮށް، ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ ދިވެހިންނަށް ޑިޖިޓަލް މަނިޓައިޒޭޝަންގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކަމުގައި އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ.