
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި މާލެ ދަތުރުކުރާ ލޯންޗެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.
އެމްޕީއެލްއާ ދިމާ ބޭރުން މިއަދު ހެނދުނު 10:39 ހާއިރު ހިނގި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވިއިރު ލޯންޗުގައި ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ތިބި ކަމަށެވެ. ނަމަވެސް އެއިން މީހަކަށް އަނިޔާވި ކަމެއް ސާފެއް ނޫނެވެ.
މި އެކްސިޑެންޓްގެ ސަބަބުން ލޯނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވެ، ގެއްލުން ލިބުނު މި ލޯންޗަކީ ތ. އަތޮޅުން މާލެއަށް ދަތުރުކުރާ “މަހުމާ އެކްސްޕްރެސް” ނަމަކަށް ކިޔާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































