ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހާ ގަޑިތައް އިސްލާމިކް މިނިސްޓްރީން އިއްޔެ އާންމުކޮށްފި އެވެ.

މާލޭގައި ޒަކާތް ބެހުން ކުރިއަށް ދަނީ އިސްކަންދަރު ސްކޫލްގަ އެވެ.

މިއަދު ކުރިއަށް ގެންދިޔައީ މެންދުރުފަހު 2 ޖަހާއިރުން ފެށިގެން ހަވީރު 4:30 ވަންދެނެވެ. މިރޭ 9:30 އިން ފެށިގެން 11 ޖަހަން ދެން ވެސް ކުރިއަށް ދާނެ އެވެ.

މާދަމާ ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  1. ހެނދުނު 10 ޖަހާއިރުން ފެށިގެން މެންދުރު 12 ޖަހަން ދެން،
  2. މެންދުރު 1 ޖަހާއިރުން ފެށިގެން ހަވީރު 3 ޖަހަން ދެން،
  3. އަދި ހަވީރު 4 ޖަހާއިރުން ފެށިގެން 5 ޖަހަން ދެނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ މާދަމާގެ ނިޔަލަށެވެ،

ފިތުރު ޒަކާތުގެ ގޮތުގައި ބަހާ ތަކެއްޗަކީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

 

Leave a Reply

Your email address will not be published. Required fields are marked *