މަޝްހޫރު ދިވެހި ފިލްމް ޑައިރެކްޓަރ އަހްމަދު ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މި ވަގުތު ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ނިމާލަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު ޙަރަކާތްތެރިވާ އެންމެ ދުވަސްވީ އެއް ފަންނާނެވެ. ފިލްމް ޑައިރެކްޝަންގެ އިތުރުން  އޭނާ ވަނީ ވަރަށް ގިނަ ފިލްމުތަކެއް ވެސް ކުޅެފައެވެ.  އޭގެ ތެރޭގައި ސިޓީ،ނިއުމާ ފަދަ ފިލްމުތަކުގައި ނިމާލް ކުޅެފައިވާ ރޯލަށް ބެލުންތެރީންގެ ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

Leave a Reply