
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީގައި އިންޖިނިއަރިންގެ ދާއިރާއިން ކިޔަވަން ސްކޮލަޝިޕްތަކެއް ހުޅުވާލައިިފި އެވެ.
ސްޓެލްކޯއިން އިއްޔެ ކުރި އިއުލާނެއްގައި ހުޅުވާލީ އެ ކުންފުނީގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާއިން ބެޗެލާސް ޑިގްރީއާ ހަމައަށް އިނގިރޭސިވިލާތުގައި ކިޔެވުމުގެ ފުރުސަތުތަކެކެވެ.
އެ ސްކޮލަޝިޕްތައް ދޫކުރާނީ ދަރިވަރުންގެ ނަތީޖާއަށް ބިނާކޮށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެގޮތުން ތިން ފުރުސަތު ސްޓެލްކޯއިން ހުޅުވާލިއިރު އޭގެ ތެރޭގައި ހިމެނެނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންއިން ކިޔެވުމުގެ އެއް ފުރުސަތާއި މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ކިޔެވުމުގެ ދެ ފުރުސަތެވެ.
މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމްhttps://t.co/62lWsXkL6d pic.twitter.com/4QXqrRbVE5
— Hussain Fahmy (@HussainFahmy09) March 19, 2025
އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 24 އަހަރު ފުރިފައިނުވާ ދިވެއްސަކަށް ވުމާ އަދި އޭ ލެވެލްގެ ތިން މާއްދާއިން ދަށްވެގެން އޭ ސްޓާ ލިބިފައިވުން ހިމެނެ އެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.