ސްކޭމްކޮށްގެން ހޯދާ ފައިސާ އެކައުންޓަށް ޖަމާކޮށްދިނުމަށް ނަގައިދޭ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހއ. ކެލާ/ ޕެނަމާ، މުހައްމަދު ސިމާދު(38އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން ސްކޭމްގެ ފައިސާ އެކައުންޓަށް ޖަމާކޮށްދިނުމުން އޭނާ ނަގައިދޭ ކަމަށާއި އަދި އެފަދަ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައިގައި ބީއެމްއެލްގެ ލިޔުންތަކާއި ތަހުގީގީ ބަޔާންތައް ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެންވެ ސިމާދު 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުނެރެފައެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އެގޮތުން އޯޓީޕީ ހޯދުމަށާއި އެކިއެކި ކަންކަމުގައި އޮޅުވަލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލަ ބޮޑެވެ.

Leave a Reply