ދިވެހި ސްކައުޓަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، ކުރީގެ ސްކައުޓް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެއެވެ.

މުޙަމަދު ޚާލިދު ނިޔާވީ، ޙާލުދެރަވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މުޙައްމަދު ޚާލިދަކީ ދިވެހި ރާއްޖޭގައި ސްކައުޓް ތަޢާރަފްކޮށް، ފުޅާކުރުމާއި އެކި ހަރަކާތްތައް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާގެ މުޅި ޙަޔާތް ސްކައުޓްގެ ހަރަކާތްތަކުގެ ތެރޭގައި ހޭދަކުރައްވައި، ޒުވާނުންނާއި ކުޑަކުދިން ސްކައުޓްގެ ދާއިރާގައި ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ދިވެހި ސްކައިޓް އެސޯސިއޭޝަނުން މުޙައްމަދު ޚާލިދު ނިޔާވުމާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ މުޙައްމަދު ޚާލިދަކީ ސްކައުޓުގެ ހަރަކާތްތަކަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި އޭނާ ވަކިވެދިއުމަކީ ސްކައުޓަށް ލިބިގެންދާ ފޫނުބެއްދޭ ވަރުގެ ހުސްކަމެއްކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ ޢާއިލާއަށް ވަނީ ތައުޒިޔާ ވެސް ފޮނުވާފައެވެ.

Leave a Reply