ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާއެކު އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

“ދެން” އަށް އެނގިފައިވާ ގޮތުން ނަވީންއާއެކު ފުލުހުންގެ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާ ދޭން ނިންމީ މިއަދު މާލިއްޔަތު ކޮމިޓީން ސިއްރުކޮށްގެބް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން އެވެ.

ނަމަވެސް ސަސްޕެންޑްކުރަން ލަފާ ދޭން ނިންމީ ކިތައް އޮފިސަރުންނެއް ކަމެއް ސާފެއް ނުވެއެވެ.

ސަސްޕެންޑްކުރަން ނިންމި ފަރާތްތަކަށް ތުހުމަތުކުރަނީ ފުލުހުންގެ ޕްރޮފެޝަނަލް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި  ކަމަށެވެ.

ނަވީން ސަސްޕެންޑްކުރަން ނިންމި އިރު ފުލުހުންގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކެހެރިކޮށްފަ އެވެ.

 

Leave a Reply