ސިޔާސީ 5 ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ގޮތުގައި އިލެކްޝަނުގައި 9 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ޤާނޫންގައި ބަޔާންކޮށްފައިވާ ޢަދަދަށް މެންބަރުން ހަމަވަނީ 5 ސިޔާސީ ޕާޓީއެއް ކަމަށެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ކަމަށް އިލެކްޝަނުން މަޢުލޫމާތުދެއެވެ.

މި އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ހަމައަށް ދިހަހާސް މެންބަރުން ހަމަވި ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ މިހާރު ދޫކޮށްފައިވާ ކަމަށާއި މި އަހަރު އެންމެ ގިނަ ފައިސާ ލިބުނު ޕާޓީއަކީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދާއި ފައިސާ ދޫކުރި ތަފްޞީލް:

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް – 68،665 މެންބަރުން – ފައިސާ ދޫކުރި – 13،316،689.57ރ
  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – 43،765 މެންބަރުން – ފައިސާ ދޫކުރި – 8،454،780.51ރ
  • ޖުމްހޫރީ ޕާޓީ – 13،456 މެންބަރުން – ފައިސާ ދޫކުރި 2،656،598.57ރ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް – 9،011 މެންބަރުން – ފައިސާ ދޫކުރި – 1،769،648.69ރ
  • ޢަދާލަތު ޕާޓީ – 8،844 މެންބަރުން – ފައިސާ ދޫކުރި – 1،713،538.65ރ

އިލެކްޝަން ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ދިހަހާސް މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް ބޮލަކަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކުރެވުނު ކަމަށް ވެސް އިލެކްޝަނުން ބުނެފައިވެއެވެ.

Leave a Reply