ސިންގަޕޫރުން ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް ދަތުރު ނުކުރަން އިލްތިމާސްކޮށް އެޑްވައިޒަރީއެއް ނެރެފައި ނުވާ ކަން އެ ގައުމުގެ ސަރުކާރުން ޔަގީންކޮށްދީފައިވާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ސިންގަޕޫރު ސަރުކާރުން ނެރުނު އެޑްވައިޒަރީއެއް ކަމަށް ފެންނަ ލިއުމެއް ދައުރުވަމުންދެ އެވެ. އެއީ މީ ފަހުގެ ތާރީހެއްގައި ނެރުނު އެޑްވައިޒަރީއެއް ނޫން ކަން ސިންގަޕޫރު ސަރުކާރުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސޯދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ

“ހުރިހާ ފަރާތްތަކުން ވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަން,” ބަޔާނުގައިވެ އެވެ.

Leave a Reply