ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެއާއެކު ބައިބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން ދަތުރުވެރިން ހާއްސަކޮށް ހިމެނޭހެން ހުރިހާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހު

  • ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ބާރު ގަދަވެގެން ދާނެ
  • ކަނޑުތައް، ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ވެސް އުދައިގެ އަސަރުކުރާނެ

Leave a Reply