ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމެޓީއަކަށް މެންބަރުން ހޯދަން ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ރޭ ކުރި އިލާނެއްގައި ބުނީ 3 ދާއިރާއަކުން އެކުލަވާލާ ކޮމެޓީތަކަށް މެންބަރުން ބޭނުންވާ ކަމަށެވެ.

  • ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމެޓީ
  • އިމާރާތް ކުރުމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ކޮންސްޓްރަކްޝަން ސެންޓާ އެޑްވައިޒަރީ ކޮމެޓީ
  • މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ފިޝަރީޒް ސެންޓާ އެޑްވައިޒަރީ ކޮމެޓީ

ރައީސް އޮފީހުން ބުނީ މި ކޮމެޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މިކަމަށް ބޭނުންވާ ފޯމު ރައީސް އޮފީހުން އަދި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

Leave a Reply