މި މަހުގެ ކުރީކޮޅު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރި މީހަކު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ ނ. މަނަދޫ/ރީޙުއްސަބާ، އަބްދުﷲ ޝިހާދު(37އ.)ގެ ހަބަރެއް ނުވާތީ އާއިލާއިން ރިޕޯޓްކުރުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޝިހާދު އިއްޔެ ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި ހަައްޔަރުކޮށްފަ އެވެ.

އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުވެސް ކޮށްފައިވާ އިރު ޝިހާދު އެތެރެކުރި މަސްތުވާތަކެތީ ނިސްބަތް ހާމައެއް ނުކުރެ އެވެ. އަދި އެތެރެކުރީ ކޮން ބާވަަތެއްގެ މަސްތުވާއެްޗެއްކަން ވެސް ސާފެއް ނުވެއެވެ.

އެ މައްސަލައިގައި އޭނާ 10 ދުވަހަށް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ،

Leave a Reply

Your email address will not be published. Required fields are marked *