މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 18 އަހަރުގެ އަންހެން މީހާ ފެނިއްޖެ އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ އެ އަންހެން މީހާ ގެއްލިފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށެވެ.

މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.

މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ 

ފުލުހުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ 18 އަހަރުގެ އަންހެނެއް ކަމުގަ އެވެ. އެ މީހާ ހޯދަމުން ދިޔައީ ހޯމަ ދުވަހުގެ ރޭ ގެއިން ނިކުތް ގޮތަށް ހަބަރެއް ވެފައި ނުވާތީ އާއިލާއިން އެ އިދާރާއަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީޑިއާތަކަށް މީގެ އިރުކޮޅެއް ކުރިން ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ މާލެއިން ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމުގައި ފުލުހުން ފާހަގަކުރި އެވެ.

Leave a Reply