ގަލޮޅު ހަލަވެލި ގޯޅީގައި ބަޔަކު މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ޖެނުއަރީ 6ވަނަ ދުވަހުގެ ރޭ 20:59 އެހާއިރު، ގ. ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނީ، ގ. ޝާރާޒް / ޢަލީ އިމްރާން ވަޙީދު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ގަލޮޅުގައި މިރޭ ހިނގި މާރާމާރީއެއް, ފުލުހުން މައްސަލަ ބަލަން ފަށައިފި

Leave a Reply