
ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
“ތުނޑީ ބަނދަރު މިސްކިތް”ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއެވެ.
11މެއި 2023ގައި އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް އެ މިނިސްްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު، ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭ ދުވަހު ރާއްޖޭއި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































