ލ. ގަމުގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާން އަންހެން މީހާ މަރުވެއްޖެ އެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވި އެވެ.

އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ދިޔައީ ފަރުވާ ދެމުން ނެވެ. އެއީ ކ،ގުރައިދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އައިޝަތު އަމްނާ މުދީފު އެެވެ.

އަމްނާގެ އާއިލާގެ މީހަކު “ދެން” އަށް ވިދާޅުވީ އަމްނާ މަރުވީ މިއަދު ހެނދުނު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އޭނާގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު ކުރާގޮތަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

Leave a Reply