ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ.

ގައުމީ ޔުނިވަރސިޓީގެ “2026-2030 ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްދެއްވީ، ގައުމީ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗާންސެލަރ ޑރ.މުޙައްމަދު ޝައުޤީ، އާއި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕެލޭން އިފްތުތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށެވެ.

“އަޅުގަނޑުމެން ކަނޑައެޅި އަމާޒުތަކުގެ ތެރެއިން ގިނަ ކަންތައްތައް ވަނީ ހާސިލްވެފަ. މިގޮތުން ޔުނިވަރސިޓީގެ ހިންގުމާއި ކޮލިޓީ އެޝުއަރެންސް ވަނީ ވަރުގަދަވެ، އިތުރަށް ހަރުދަނާކުރެވިފަ. މުޅި ރާއްޖެއަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ.” ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނަކީ، އެ ޔުނިވަރސިޓީގެ ތަސައްވަރާއި ޔުނިވަރސިޓީން މުސްތަގުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައަޅައި، ހާސިލްކުރަންޖެހޭ ލަނޑުދަނޑިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

އެމްއެންޔޫގެ އަމާޒަކީ އެންމެން ގުޅިގެން މަސައްކަތްކޮށް ހޯދާފަައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އެމްއެންޔޫއިން، ދަރިވަރުންނަށާއި ގައުމަށާއި ސަރަަހައްދަށް ކުރިއެރުން ހޯދައިދޭނެ މުސްތަގްބަލެއް ބިނާކުރުންކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

 

Leave a Reply