ޖަމިއްޔަތުއްސަލަފުން އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް މި ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ޖަމިއްޔަތުއްސަލަފުން ބުނި ގޮތުގައި މާދަމާ ރޭގެ އެ ހާއްސަ ދަރުސް އޮންނާނީ ރޭގަނޑު 9 ޖަހާއިރު އާޓިފިޝަލް ބީޗުގަ އެވެ.

މާދަމާ ރޭ ބާއްވާ ފަރުޖުގެ މައުޟޫއަކީ “ލޯ މަރާލަން ޖެހޭނޭ” އެވެ.

މި ދަރުސް ދެއްވަނީ ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ.

ދާރިސްޓީވީ އިން ދަރުސް ވަގުތުން ދައްކާގޮތަށް ހަމަޖެހިފައިވެ އެވެ. ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖްއިންވެސް ދަރުސް ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Leave a Reply